ކުޑަކުދިންނަށް ހާއްސަ ޔޫޓިއުބު ޕްލެޓްފޯމަށް ބަދަލުތަކެއް ގެންނަނީ

މަޝްހޫރު ވީޑިއޯ ސްޓްރީމިން ވެބްސައިޓް/ އެޕްލިކޭޝަން ޔޫޓިއުބްގެ ކުޑަކުދިންނަށް ހާއްސަ ވީޑިއޯ ޕްލެޓްފޯމު "ޔޫޓިއުބް ކިޑްސް"އަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަދަލުތަކާއެކު ގެންނަ އެޕްލިކެޝަންގައި ވެރިފައި ނުކުރާ މައުލޫމާތު ނުހިމަނާނެއެވެ. އަދި ފެކްޓް ޗެކް ކުރެވޭނެހެން ވިކިޕީޑިއާ ލިންކު ކުރާނެއެވެ.

ޔޫޓިއުބްގައި ހުންނަ ބައެއް ވީޑިއޯތަކުގައި ހިމެނޭ މައުލޫމާތުތަކުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރުކުރާ ކަމަށާއި ވެރިފައި ނުކުރެވޭ މައުލޫމާތާއިި ދޮގު މައުލޫމާތު އެކުލެވޭ ވީޑިއޯތަކުގެ ސަބަބުން ކުދިންނަށް ނުބައި މެސެޖުތައް ލިބޭތީ އާ އެޕްލިކޭޝަނާއެކު ކުޑަކުދިންނަށް ބޭނުންވާނެ މައުލޫމާތާ އެންމެ އެކަށީގެންވާ ކޮންޓެންޓު ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަން ލޯންޗުކުރާނެ ސީދާ ތާރީޚެއް އަދި އާންމެއް ނުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު