އޮސްޓްރޭލިއާގެ ސަގާފީ ކުލަތަކަކާއެކު ކޮމަންވެލްތު ގޭމްސް ފަށައިފި

ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އޮސްޓްރޭލިއާގެ ސަގާފަތް ދައްކުވައިދިން ކުލަގަދަ ރަސްމިއްޔާތަކާއެކު 21 ވަނަ ކޮމަންވެލްތު ގޭމްސް އިއްޔެ ފަށައިފިއެވެ.

އިއްޔެ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ފެށި ކޮމަންވެލްތު ގޭމްސްއަކީ 1986 ވަނަ އަހަރަށްފަހު ރާއްޖެ ފެނިގެން ނުދާނެ ފުރަތަމަ ކޮމަންވެލްތު ގޭމްސްއެވެ. މިދިޔަ އަހަރު ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާއެކު ރާއްޖެ ދެން ކޮމަންވެލްތުގެ އެއްވެސް ހަރަކާތަކުން ނުފެންނާނެއެވެ.

ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކޮމަންވެލްތު ގޭމްސްއަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެކެވެ. އިއްޔެ ފެށިގެން ދިޔަ 21 ވަނަ ކޮމަންވެލްތު ގޭމްސްގައި ޖުމަލް 71 ގައުމަކުން 4،500 އެތުލީޓުން ވާދަކުރާނެއެވެ. 275 ގޯލްޑް މެޑަލް އިވެންޓް، 11 ދުވަހަށް ދެމިގެންދާ އިރު، ރޭގެ ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ އެތުލީޓުންވެސް ވަނީ ފެނިލައިފައެވެ.

ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފެށުމުގެ ރަސްމިއްޔާތަށް 35،000 އަށްވުރެ ގިނަ މީހުން ގޯލްޑް ކޯސްޓްގެ ކަރާރާ ސްޓޭޑިއަމްއަށް ޖަމާވެފައިވެއެވެ. އެ ރައްމިއްޔާތުގައި މައިގަނޑުކޮށް ފެނިގެންދިޔައީ އޮސްޓްރޭލިއާގެ ތާރީހާ ސަގާފަތެވެ. ގަދީމީ ނެށުންތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުން ގޮސް، މިއަދު އޮސްޓްރޭލިއާ ކުރިއަރައިގެން ގޮސްފައިވާ ގޮތަށް އަމާޒުކޮށްވެސް ގިނަ ކަންކަން ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް އެގައުމުގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން، ގިނަ ކަންތައްތަކެއް ފެށުމުގެ ރައްމިއްޔާތުގައި ފެނިގެން ގޮސްފައިވެއެވެ.

ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަހަރުގެ ކޮމަންވެލްތު ގޭމްސްވެސް ރަސްމީކޮށް ހުޅުވައިދެއްވީ 2010 ވަނަ އަހަރު އިންޑިއާގައި ބޭއްވި ގޭމްސްވެސް ހުޅުވައިދެއްވި ވޭލްސްގެ ޕްރިންސް ޗާލްސްއެވެ. ޗާލްސްއާއެކު ކޮމަންވެލްތުގެ ހެޑް، ވޭލްސްގެ ރާނީ ޑަޗަސް އޮފް ކޯންވޯލްވެސް ރަސްމިއްޔާތުގައި ފެނިގެން ދިޔައެވެ.

މީގެ ހަތަރު އަހަރު ކުރިން ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ 25 އެތުލީޓަކު ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވެއެވެ.

comment ކޮމެންޓް