ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު މަރިއާނޯ ޑި ވާޔޯ ފުރައިފި

މަރިއާނޯ އެކު ފިޓް ފާޒިލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނަގާފައި ވާ ފޮޓޮއެއް----

އިޓަލީވިލާތުގެ މޮޑެލް/ބްލޮގާާ މަރިއާނޯ ޑި ވާޔޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިފިއެވެ.

އަންހެނުންނާއި ދަރިފުޅާއެކު މަރިއާނޯ ޗުއްޓީ ހޭދަކުރީ ޅ. ކުރެއްދޫ އައިލެންޑު ރިސޯޓުގައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އަދި 2017 ވެސް މަރިއާނޯ ވަނީ އޭނާގެ އަންހެނުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

މަރިއާނޯ އޭނާގެ ދަރިފުޅާއެކު---

ރާއްޖޭގެ ރީތިކަމަށް މަރިއާނޯ ވަނީ ތައުރީފުކޮށްފައެވެ. ރާއްޖޭގައި އާއިލާ އާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް އޭނާ ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފައެވެ.

ގުޗީ، ހޫގޯ ފަދަ ބްރޭންޑުތަކާއެކު މަސައްކަތްކޮށްފައިވާ މަރިއާނޯ އަކީ ފެޝަން ޑިޒައިނުންގެ ދާއިރަގައި ވެސް މަސައްކަތް ކުރާ މީހެކެވެ. އެނާގެ އަންހެނުން އެލިއޯރާ އަކީވެސް ކުރީގެ މޮޑެލް އެކެވެ.

comment ކޮމެންޓް