އިންޑިއާއިން ޖައްވަށް ސެޓެލައިޓު ދޫކޮށްލިތާ ދެ ދުވަސްފަހުން ގުޅުން ކެނޑިއްޖެ

އިންޑިއާއިން ޖައްވަށް ދޫކޮށްލި ކޮމިއުނިކޭޝަން ސެޓެލައިޓު ދޫކޮށްލިތާ ދެ ދުވަސްފަހުން އެއާ ގުޅުން ކެނޑިއްޖެއެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނީ ސެޓެލައިޓާ ގުޅުން ކެނޑުނީ އޭގެ އޯބިޓިންގް ލޯޗިންޗުގެ ފައިނަލް ސްޓޭޖުގައި ކަމަށެވެ. ސެޓެލައިޓް ދޫކޮށްލީ މިދިޔަ ބުރާސްފަތީގައެވެ. އެއާ ގުޅުން ކެނޑުނީ ހޯމަ ދުވަހުއެވެ.

އިންޑިއާއިން ދޫކޮށްލި ޖީއެސްއޭޓީ 6އޭ އަކީ ހަ މީޓަރު ފުޅާ އެންޓަނާއެއް އެކުލެވޭ، ބާރުގަދަ ކޮމިއުނިކެޝަން ސެޓެލައިޓެކެވެ. މިއީ އެގައުމުގެ މިލިޓަރީގެ ކޮމިއުނިކޭޝަނުގައިވެސް ބޭނުންކުރަން ނިންމާފައިވާ ސެޓެލައިޓެކެވެ.

ސެޓެލައިޓާ ގުޅުމަށް އަދިވެސް މަސައްކަތްކުރާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސެޓެލައިޓާ ގުޅުން ކެނޑިފައިވާ ކަމަށް ބެލެވެނީ ޕަވަ ސަޕްލައިއަށް ދިމާވި މައްސަލައަކުން ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނެއެވެ.

comment ކޮމެންޓް