އޯޓިޒަމް ދުވަހާ ގުޅިގެން ޝަލަބީ ލަވަ އެއް ނެރެފި

އޯޓިޒަމް ދުވަހާ ގުޅިގެން ޝަލަބީ މިފަހަރު ހަދިޔާ ކުރީ "މަގޭ ހާއްސަ ދަރިފުޅާ އޭ"

އިއްޔެ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ އޯޓިޒަމް ދުވަހެވެ.

އޯޓިޒަމް ދުވަހާ ގުޅުވައިގެން ޒުވާޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އާ ލަވަ އެއް ލަވަފޮށީ ގައި ވަނީ ރިލީޒްކޮށްފައެވެ.

"މަގޭ ޚާއްސަ ދަރިފުޅާ އޭ"ގެ ނަމުން ނަން ދީފައިވާ އެ ލަވަ އަކީ ކުރިއަރަމުން އަންނަ ޒުވާން ޅެންވެރިޔާ ނަސްމާ އަބްދުލް މުހްސިން އޭނާގެ އަމިއްލަ ރާގަކަށް ލިޔެފައިވާ ގުރަހަލި ސްޓޫޑިއޯ އިން ރިކޯޑްކޮށްފައިވާ ލަވައެކެވެ. އެ ލަވަ އަކީ "ހައުސް އޮފް މިއުޒިކް" ގެ ޕްރޮޑަކްޝަނެކެވެ.

ޝަލަބީގެ "މަގޭ ހާއްސަ ދަރިފުޅާ އޭ" މިހާރު ލަވަފޮށިން އިވިގެންދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ދެވަނަ ހޯދި ހުނަރުވެރި ލަވަކިޔުންތެރިޔާ ޝަލަބީ އަންނަނީ ގިނަ އަދަދެއްގެ ލަވަތައް ނެރެމުންނެވެ.

comment ކޮމެންޓް