ބްރިޓިޝް ވޯގްް މެގަޒިންގެ ކަވަރުގައި ބުރުގާ އެޅި މޮޑެލް އެއް

ބްރިޓިޝް ވޯގް މެގަޒިންގެ 102 އަހަރު ވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ބުރުގާ އެޅި މޮޑެލް އެއް އެ މެގަޒިންގެ ކަވާ ފޮޓޯގައި ފީޗާ ކޮށްފިއެވެ.

އެ މެގަޒިންގެ ކަވާ ފޮޓޯގައި ބުރުގާ އެޅި މޮޑެލް އެއް ހިމަނާފައިވަނީ އެފަދަ މޮޑެލް އެއް ފީޗާ ކުރަން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތަކެއް ކުރުމަށް ފަހު އެވެ.

ވޯގް ގެ ކަވާ ފޮޓޯ އިން ފުރުސަތު ލިބުނު ބުރުގާ އެޅި މޮޑެލް އަކީ އުމުރުން 20 އަހަރުގެ ހަލީމާ އަދަން އެވެ. "ފެޝަންގެ ނިއު ފްރޮންޓިއާސްގެ ނަމުގައި ނެރުނު އެ އަދަދުގައި ނުވަ މޮޑެލް އަކަށް ވަނީ ކަވާ ފޮޓޯ އިން ޖާގަ ދީފައެވެ.

ވޯގް މަޖައްލާގެ ޔޫކޭ އެޑިޝަންގެ ޗީފް އެޑިޓަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ފިރިހެނަކު އައްޔަނުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އެ މަޖައްލާގެ ޗީފް އެޑިޓަރުކަން ކުރީ ހުސް އަންހެނުންނެވެ.

ވޯގް މަޖައްލާގެ މިދިޔަ މަހުގެ އަދަދުގައި ފީޗާ ކޮށްފައިވަނީ ހޮލީވުޑުގެ ބަތަލާ ނިކޯލް ކިޑްމަން އާއި މާގޮޓް ރޮބީ އެވެ. އެ މީހުން ފީޗާކޮށް، ވޯގްގައި ބުނެފައިވާ ބައެއް ވާހަކަތަކާ ގުޅިގެން ކިޔުންތެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް