އެމެރިކާ ވިސާއަށް އެދޭމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތު ހޯދަން ފަށަނީ!

---

އެމެރިކާއަށް އެތެރެވުމަށް ވިސާއަށް އެދޭ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތު ހޯދަން ފަށަން އުޅޭކައުމުގެ އިޝާރާތެއް ދީފިއެވެ.

އެގައުމުގެ ސްޓޭޓު ޑިޕާޓުމެންޓުން ހުށަަހެޅި ޕްރޮޕޯޒަލްއެއްގައި ވާގޮތުން އެމެރިކާއަށް އެތެރެވާން ވިސާއަށް އެދޭ މީހުންގެ ފޭސްބުކްއާއި ޓްވިޓާ އެކައުންޓުގެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެއެވެ. އަދި ފާއިތުވި ފަސް އަހަރުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް ބޭނުންކޮށްފައިވާނަމަ އޭގެ މައުލޫމާތުވެސް ހުށަހަޅަން ޖެހެއެވެ.

މި ޕްރޮޕޯޒަލްއަށް އަމަލު ކުރަން ފަށައިފިނަމަ 14.7 މިލިއަން މީހުންނަށް އޭގެ އަސަރު ކުރާނެއެވެ. އިމިގްރެންޓް އަދި ނަން އިމިގްރެންޓް ވިސާއަށް އެދޭ މީހުންވެސް މި މައުލޫމާތު ހިއްސާ ކުރަންޖެހޭނެ ކަމަށް ޕްރޮޕޯޒަލްގައި ވަނީ ބުނެފައެވެ.

ނަމަވެސް ވިސާ އާއި ނުލައި އެމެރިކާއަށް ދަތުރުކުރެވޭ ގައުމުތަކުގެ މީހުންނަށް އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެއެވެ.

މި ނިންމުން ނިންމީ ހައްދުފަހަނަ އަޅާފައިވާ މީހުން ދެނެގަތުމުގެ ބޭނުމުގައެވެ. މިހާރުވެސް އެމެރިކާގެ ވިސާއަށް އެދޭމީހުންގެ ތެރެއިން އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެހެން ހީވާ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތު އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަން އެދެއެވެ.

comment ކޮމެންޓް