މަޝްހޫރު ޑައިރެކްޓަރު ސީވީ ރަޖެންދްރަން މަރުވެއްޖެ

ޑައިރެކްޓަރު ސީވީ ރަޖެންދްރަން---

ތަމަޅަ ފިލްމުތައް ޑައިރެކްޓް ކުރަމުން އައި ކުޅަދާނަ ޑައިރެކްޓަރު ސީވީ ރަޖެންދްރަން މަރުވެއްޖެ އެވެ.

އުމުރުން 81 އަހަރުގައި އޭނާ މަރުވެފައި ވަނީ ޗެންނާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.

އޭނާ މަރުވި އިރު ވަނީ 50 އަށް ވުރެ ގިނަ ފިލްމު ޑައިރެކްޓްކޮށްފަ އެވެ.

ސީވީ ވަނީ 1967 ވަނަ އަހަރު އޭނާގެ ފުރަތަމަ ޑައިރެކްޝަން އާންމުންނަށް ދައްކާލައިފަ އެވެ.

ކާމިޔާބު ގިނަ ފިލްމުތައް އޭނާ ވަނީ އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ވާނީ ރަނީ" އަދި "ރާޖާ" ހިމެނެ އެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް

comment ކޮމެންޓް