ސްޓީވަން ހޯކިންގް ޖަނާޒާ ބާއްވައިފި

ސްޓީވެން ހޯކިންގް---

ފިޒިސިސްޓް ސްޓީވަން ހޯކިންގްގެ ޖަނާޒާ ބާއްވާފިއެވެ.

މާޗް މަހުގެ 14 ވަނަ ދުވަހު އުމުރުފުޅުން 76 ގައި އޭނާ ވަނީ އަވަހާރަވެފައެވެ.

ސްޓީވަންގެ ޖަނާޒާ ބާއްވާފައިވަނީ ކޭމްބްރިޖް ޔުނިވާސިޓީގައި ހުންނަ ޗާޗު ގްރޭޓް އެސްޓީ މެރީސްގައި އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސްޓީވަންގެ ޖަނާޒާ އަށް 500 މީހުން ބައިވެރިވިއެވެ.

އޭނާ ވަޅުލާނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭނާ ވަޅުލާނީ 1727 ގައި އަވަހާރަވި މަޝްހޫރު ސައިންސުވެރިޔާ އިސާކް ނިއުޓަންގެ މަހާނައާ ޖެހިގެން ކަމަށްވެސް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

އުމުރުން އެންމެ 21 އަހަރުގައި ސްޓީވަން އަށް މޯޓަ ނިއުރޯން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އޭރު ޑޮކްޓަރުން ލަފާކުރީ އޭނާ ދިރިހުންނާނީ ގިނަވެގެން އިތުރު ދެ އަހަރު ކަމަށެވެ. ސްޓީވަންގެ ނުކުޅެދުންތެރިކަމަކީ އޭނާ ކުރިއަށްދާން އޮތް ހުރަހަކަށް ނުހަދައި ފިޒިކްސްގެ ދާއިރާގައި އޭނާ ވަނީ ފަހުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ނަމަކަށް ވެފައެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް