ލ. ފޮނަދޫގައި މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމް ކޮށްލައިފި

ލ. ފޮނަދޫ ކުރިގަމު އަވަށު މަގުމަތި ---

ލ. ފޮނަދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންގެ ވެސް ވަނީ 'ސަން' އަށް ކަށަވަރު ކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:30 ކަންހާއިރު ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް އަދި ނެތް ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، މާރާމާރީގައި ޒަހަމް ކޮށްލި ޒުވާނާއަށް ވަޅިން ހަމަލާދިނީ ގުރޫޕަކުން ގޮހެވެ. އަދި އޭނާގެ ފައިގެ ކުޅަހުޅުގެ ދެ ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ވަނީ އެނގިފައެވެ.

ރަށުން ވާހަކަދެއްކި މީހަކު 'ސަން' އަށް ބުނީ، ޒަހަމްވި މީހާ އެންމެ ފުރަތަމަ ގެންދިޔައީ ފޮނަދޫ ސިއްހީ މަރުކަޒަށް ކަމަށާއި ނަމަވެސް މިވަގުތު އޭނާ ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

comment ކޮމެންޓް