ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާ ހަތް ފުލުހެއްގެ ބަންދަށް އިތުރު ފަސް ދުވަސް

ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް -- ފޮޓޯ: މީސްމީޑިއާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް ފުލުހުންގެ ތެރެއިން ހަތް ފުލުހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، އެ އެންމެންގެ ވެސް ބަންދުގެ މުއްދަތު އިތުރުކުރީ މިއަދުއެވެ. އަދި އެ އެންމެންގެ ވެސް ބަންދުގެ މުއްދަތު އިތުރުކުރީ ފަސް ދުވަހަށް ކަމަށްވެސް ވަނީ އެނގިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހުގެ ތަފާތު އެކި ދުވަސްތަކުގެ މަތީން ހައްޔަރުކުރި އެ ފުލުސް އޮފިސަރުންގެ ތެރޭގައި ފުލުހުންގެ ތެރޭގައި އޮންނަ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގައި މަސައްކަތްކުރާ ފުލުހުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން އެސްއޯގެ ދަށުން އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ވެސް ހިމެނެއެވެ. އެ ހުރިހާ ފުލުހުން ވެސް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

comment ކޮމެންޓް