އަނިޔާވި ނަމަވެސް ރަންވީރުގެ ޝޫޓިން ކުރިއަށް!

ރަންވީރު އަދި އާލިއާ ފުރަތަމަ ފަހަރަށް ފިލްމެއްގައި އެއްކޮށް މަސައްކަތް ކުރަނީ--

ޒޯޔާ އަޚްތަރުގެ ކުރިއަށް އޮތް ފިލްމު 'ގަލީ ބޯއީ'ގެ ޝޫޓިން ކުރިއަށް ދަނިކޮށް ރަންވީރު ސިންހް އަށް އަނިޔާވި ނަމަވެސް އޭނާ ޝޫޓިންތައް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

ރަންވީރުގެ ކޮނޑަށް އަނިޔާވި ނަމަވެސް އޭނާ ބޭނުން ވަނީ ޝޫޓިން ނިންމަން އޮތް ތާރީހުގައި ޝޫޓިން ނިންމުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ޝޫޓިން ލަސް ކުރާކަށް ބޭނުމެއް ނުވި ރަންވީރެއް. ތާވަލް އާ އެއްގޮތަށް ކުރިއަށް ގެންދަން އޭނާ ބޭނުން ވަނީ. ނަމަވެސް މި މަހު ހަތް ވަނަ ދުވަހު އޮންނަ އިންޑިއަން ޕްރިމިއާ ލީގް ހުޅުވާ ދުވަހު އޭނާ ޕާފޯމް އެއް ނުކުރާނެ،" ރަންވީރުގެ ތަރުޖަމާނު ބުންޏެވެ.

މުމްބާއީގައި ޝޫޓު ކުރަމުން އަންނަ 'ގަލީ ބޯއީ' އަކީ މުމްބާއީގެ ސްޓްރީޓް ރެޕަރުން ކަމުގައިވާ ނޭޒީ އަދި ޑިވައިންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފަރްހާން އަޚްތަރު ކޯ-ޕްރޮޑިއުސް ކުރާ 'ގަލީ ބޯއީ' ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ.

comment ކޮމެންޓް