ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ބާއްވަނީ

ގާނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުވާ ކުރުމަށް މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތު އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.

ޑީޖޭއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ރަސްމިއްޔާތު އޮންނާނީ އޭޕްރީލް އަށްވަނަ ދުވަހު ކަމަށެވެ. ހުއްދައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އޭޕްރީލް ދެވަނަ ދުވަހު އެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ކޮމެޓީ އަކަށް ހުށަހެޅުމަށް ފަހު އެ ކޮމިޓީން ނިންމާ ބަޔަކަށެވެ. ކުރިން ކޮމިޓީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

ނަމަވެސް މިހާރު ކޮމިޓީ ބަދަލުވެފައި ވާއިރު ކޮމިޓީގައި ތިއްބަވަނީ ކޮންބައެއްކަން ސާފެއް ނުވެ އެވެ.

އެންމެ ފަހުން ވަކީލުން ހުވާ ކުރުމަށް ބޭވި ރަސްމިއްޔާތުގައި 139 ވަކީލުން ވަނީ ވަކީލު ކަމުގެ ހުވާ ކޮށްފައެވެ.

comment ކޮމެންޓް