ބަނގުރާ ބުއި ދިވެއްސަކު ޖަލްދު ކުރުމަށް ހުކުމް ކޮށްފި

ކްރިމިނަލް ކޯޓު---

ބަނގުރާ ބުއި ދިވެއްސަކު 27 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާ އެކު 40 އެތިފަހަރުން ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ގުލްބަކާގެ، މުޙައްމަދު ނާޒިޝްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނީ ނާޒިޝްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ ރޭ މ. މާކޯނި ސިޑިމަތީގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށް މަސްތުވުމަށް ބަނގުރާ ބޯކަމަށް އިއުތިރާފްވެފައިވާތީ އެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 616 ވަނަ މާއްދާގެ ނަންބަރަކާއި 1106 މާއްދާ އަދި 1002ގެ ދަށުންނެވެ.

comment ކޮމެންޓް