ހުޅުމާލެއަށް އިންވެސްޓަރުން ހޯދަން އެޗްޑީސީ އިން ބައިނަލްއަގުވާމީ އިންވެސްޓަރުން ގާތަށް

މި މާޗް މަހަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކާމިޔާބު މަހެކެވެ.

ހުޅުމާލޭގެ ތަރައްގީ އަށް އިންވެސްޓަރުން ހޯދުމަށް އެކުންފުނިން ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުންތަކެއް މި މަހު ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން އެޗްޑިސީ އަށް ވެސް މިއީ ކާމިޔާބު މަހެކެވެ.

ހުޅުމާލޭގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރާ އިރު ހުޅުމާލޭގެ ތަރައްގީގެ ޕްލޭނާ އެކު އެކުންފުނިން ވަނީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ސަމާލުކަން ހޯދައިފަ އެވެ.

ފްރާންސްގެ ކާންސްގައި ބޭއްވި ބައިނަލްއަގުވާމީ ޕްރޮޕަޓީ އެގްޒެބިޝަނެއްގައި ބައިވެރިވެ އެޗްޑީސީ އިން ވަނީ ޔޫރަޕްގެ އިންވެސްޓަރުންގެ ސަމާލުކަން ހޯދައިފަ އެވެ. މިމަހުގެ 13 އިން 16 އަށް ބޭއްވި މި އެގްޒެބިޝަނުގައި އެޗްޑީސީ އިން ވަނީ ބެސްޓް އާބަން ރިޖަނަރޭޝަން ކެޓަގަރީގައި 55 ގައުމާ ވާދަކޮށްފަ އެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ގަލްފް ރިއަލް އެސްޓޭޓް އެވޯޑްސްގައި ވާދަކޮށް ބެސްޓް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓުގެ ކެޓަގަރީ އިން އެޗްޑީސީ ވަނީ ދެވަނަ ހޯދައިފަ އެވެ.

ހުޅުމާލެއާ އެކު ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް އަދި ވެސް ދަތުރުތައް ކުރާނެ ކަމަށާއި ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ ޓުއަރިސްޓް ބްރޭންޑެއް ނޫންކަން ސާބިތުކޮށްދޭނެ ކަމަށް އެޗްޑިސީ އިން ބުނެ އެވެ.

comment ކޮމެންޓް