ތާޑުޕާޓީ އެޕްތަކަށް ފޭސްބުކް އަށް އެކްސެސް ނުދޭން ނިންމައިފި

ފޭސްބުކް އަށް ކުރިމަތިވެގެން އުޅޭ ޕްރައިވެސީ މައްސަލައާ އެކު ތަޑު ޕާޓީ އެޕްލިކޭޝަންތަކަށް ފޭސްބުކްގެ އެކްސެސް ނުދޭން ނިންމައިފި އެވެ.

ފޭސްބުކް އިން މި ހަފްތާ ތެރޭގައި ބުނީ އާ ތާޑު ޕާޓީ އެޕް އަދި ބޮޓްސް އަށް ފޭސްބުކް އަށް އެކްސެސް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ފޭސްބުކްގެ މި ނިންމުމާ އެކު ބައެއް ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް މިއީ އެއް ޕްލެޓްފޯމަކަށް ޑިޕެންޑުވުން ކުޑަކުރުމަށް އޮތް ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އާ އެޕްސްތަކާއި ބޮޓްސްތަކަކަށް އަލުން ފޭސބުކް ހުޅުވާލާނެ ވަކި ތާރީޚެއް އަދި ނޭނގޭ ކަމަށް ފޭސްބުކް އިން ބުނެ އެވެ.

މިގޮތަށް ނިންމީ ކޭމްބްރިޖު އެނެލެޓިކާ އިން ފޭސްބުކް ޔޫޒަރުންގެ މައުލޫމާތު ހަމަ ގޮތުގައި ބޭނުންކުރިކަން ފަޅާއަރައި، ފޭސްބުކް އަށް ޔޫޒަރުން ކުރާ އިތުބާރު ގެއްލިފައިވަނިކޮށެވެ.

comment ކޮމެންޓް