ފޭސްބުކް އިން ނެރޭ ސްޕީކަރު ނެރުން ލަސްކޮށްފި

މިއަހަރުގެ ޖުލައިމަހު ބާޒާރަށް ނެރެން ތާވަލުކުރި ފޭސްބުކްގެ ސްމާޓް ސްޕީކަރު ނެރޭ ތާރީހު ފަސްކޮށްފިއެވެ.

ފޭސްބުކްގެ މައްޗަށް ކުރާ ގިނަ ތުހުމަތު ތަކާއެކު އެކުންފުނީގެ ހިއްސާގެ އަގުތައް ދަށަށް ގޮސް ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.

ފޭސްބުކް އިން މެއި މަހު ބާއްވަން ނިންމާފައިވާ ޑިވެލޮޕާސް ކޮންފަރެންސްގެ ތެރެއިން މި ސްޕީކަރާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން މީގެ ކުރިން ވަނީ ނިންމައިފައެވެ.

ނަމަވެސް މިއީ ފޭސްބުކް އަށް މި ފިޔަވަޅު އަޅަން އެންމެ އެކަސީގެންވާ ވަގުތު ނޫންކަމަށް ބުނެ އެކުންފުނިން ވަނީ މި އުފެއްދުން ނެރޭނެ ތާރީހު ލަސްކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.

ފޭސްބުކް އިން ނެރެން ނިންމާފައިވާ ސްޕީކަރަށް ދީފައިވާ ނަންތަކަކަކީ ފިއޯނާ އަދި އަލޯހާ އެވެ.

ފިއޯނާ އަދި އަލޯހާ އަކީ ވީޑިއޯ ޗެޓު ކުރަން ބޭނުންކުރާނެ ދެ ޑިވަސްއެވެ.

މި ސްޕީކަރުގައި 15 އިންޗީގެ ޓަޗް ސްކްރީނެއް ހިމެނޭނެއެވެ. ވޮއިސް ކޮންޓްރޯލް އަދި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީވެސް މި ޑިވައިސްގައި ހިމެނޭނެއެވެ.

މި ޑިވައިސް ބޭނުންކުރެވޭނީ ހަމައެކަނި ވީޑިއޯ ޗެޓަކަށް ނޫނެވެ. ލަވަ ޖަހާންވެސް ބޭނުންކުރެވޭނެއެވެ. އެކަމަށްޓަކައި ސޮނީ އަދި ޔުނިވާސަލް އާއެކު ފޭސްބުކް އިންވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ.

comment ކޮމެންޓް