އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބޭ 'ރެޑް ވޭވް ރޯދަ ސޭލް' ފަށައިފި

"ރެޑްވޭވް ރޯދަ ސޭލް" އާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވްގެ މި އަހަރުގެ ރޯދަ ސޭލް މުޅިން ތަފާތުކޮށް، އެއްލަކަ ރުފިޔާގެ ފައިސާގެ އިނާމް ލިބޭގޮތަށް ފަށައިފިއެވެ.

"ރެޑްވޭވް ރޯދަ ސޭލް" ކުރިއަށްދާނީ މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަަށް ކަމަށް ރެޑްވޭވްއިން ބުންޏެވެ.

އެ ސޭލް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެޑް ވޭވްގެ ޗެއާމަން އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މި އަހަރުގެ ސޭލްގެ އިނާމް ދޭން ހަމަޖެހިފައިވަނީ ތަކެތީގެ ބަދަލުގައި ފައިސާއިން ކަމަށެވެ. އެގޮތުން އެއްވަނަ އިނާމަކަށް 100،000 ރުފިޔާ އަދި ދެވަނަ އިނާމަކަށް 50،000 ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު 10 އިނާމަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރީ އަހަރު ތަކުގައި ތަކެތި ދީގެން ބައެއް ފަހަރު ލިބޭ ތަކެތި ބޭނުން ނުވާއިރުގައި އެ އަށް ހަދާނެ ގޮތެއް ނޭގިގެން ވިއްކާލަން އުޅެ ވިއްކާވެސް ނުލެވި އަގުވެސް ނުލިބިފައި އޮންނަނީ. އެހެންވީމަ އެފަދަ ހާދިސާތައް ދިމާވާތީ އަޅުގަނޑުމެންގެ ތަޖުރިބާއިން އަޅުގަނޑުމެން ނިންމީ ހަމަ ކޭޝްކޮށް ލާރި ދޭން. އެހެންވީމަ އަޅުގަނޑުމެން މި ހުށަހެޅީ އެއްވަނަ އިނާމަށްވެސް ހަމަ އެއްލައްކަ ރުފިޔާގެ ކޭޝް ދޭން. ދެން އޭނަ އެއިން ގަންނަން ބޭނުންވާ އެއްޗެއް ގަނެވޭނެ،" ސަލީމް ވިދާޅުވިއެވެ.

"ރެޑްވޭވް ރޯދަ ސޭލް" އާ ގުޅޭގޮގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރެޑްވޭވް ސަލީމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 300 ރުފިޔާ އަށްވުރެ މަތީ އަދަދަކަށް ވިޔަފާރި ކޮށްގެން ކޮންމެ މީހަކަށްވެސް އެ ސޭލްގައި ބައިވެރިވެވޭނެ ކަމަށް ރެޑްވޭވްއިން ބުންޏެވެ.

ރޯދަމަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު އެއްފަހަރު، ރެޑްވޭވް އިން ވިޔަފާރި ކުރާ މީހަކަށް ސިސްޓަމުން ބަލައިގެން އެ މީހުންގެ ބިލްތައް ނަގައި ގުރުއަތުން ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ދޭން ހަމަޖެހިފައިވާ ކަމަށްވެސް ރެޑްވޭވްއިން ބުންޏެވެ.

ސަލީމް ވިދާޅުވީ، މިއަހަރުގެ ރޯދަމަހާ ދިމާކޮށްވެސް ރެޑްވޭވް އިން ކަސްޓަމަރުންނަށް ތަކެތި ވިއްކާނީ އެންމެ ހެޔޮ އަގުގައި ކަމަށެވެ. އަދި ރެޑްވޭވް އިން ތަކެތީގެ އަގު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަލީމް ވަނީ ކަސްޓަމަރުންނަށްދީފައެވެ.

comment ކޮމެންޓް