ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ޖޭޕީން އދ. ގެ ވަފުދާ މަޝްވަރާކޮށްފި

ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން ޖޭޕީން އދ. ގެ ވަފުދާ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޖެޕީ

ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ވަފުދާ މަޝްވަރާކޮށްފިއެވެ.

ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު "ސަން" އަށް ވިދާޅުވީ އދ.ގެ ރާއްޖޭގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ހަތަރު ބޭފުޅަކު ބައިވެރިވެވަޑައިގަތް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީނާއި ޑެޕިއުޓީ ލީޑަރު ހުސެއިން ރަޝީދު ހަސަނާއި ފޮރިން ރިލޭޝަން ކޮމެޓީގެ ޗެއާ އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން ޖޭޕީން އދ. ގެ ވަފުދާއެކު ޖޭޕީން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޖެޕީ

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން އެޕާޓީން ދެކޭގޮތާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް މިއަދު އެޕާޓީން ވަނީ އދ. ގެ ވަފްދާ ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް