ސްކޫލުތަކުގެ ފެންވަރު ބެލުމަށް ވިއުގައެއް ގާއިމް ކޮށްފި

ސްކޫލުތަކުގެ ދަރިވަރުން، ހާސިލުކުރާ މިންވަރު ވަޒަންކުރުމަށް ގައުމީ ފެންވަރުގެ ވިއުގައެއް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފިއެވެ.

މި ވިއުގައަކީ ސްކޫލުތަކުގެ އުނގައްނައިދިނުން ވަޒަންކުރުމުގެ މަސައްކަތްކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާ އެޑިއުކޭޝަން މިނިސްްރީގެ ކޮލެޓީ އެޝުއަަރެންސް ޑިޕާޓްމެންޓާއި މިނިސްޓްރީގެ ފަންނީ މާހިރުން އެކުވެގެން އެކުލަވާލި ވިއުގައެކެވެ.

ރާއްޖޭގައި ނެޝަނަލް އެސެސްމަންޓްގެ މަސައްކަތް ފެށުމަށް މިނިސްޓްރީގެ ސްކޮލާޝިޕްތަކުގައި ނެޝަނަލް އެސެސްމަންޓްގެ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރި މުދައްރިސުން އެ ވިއުގައާ ގުޅިފައިވާއިރު، މި ވިއުގައިގެ މެންބަރުންގެ މައިގަނޑު މަސައްކަތަކީ ނޭޝަނަލް އެސެސްމެންޓް އޮފް ލާނިން އައުޓްކަމްސް ހިންގުމުގައި ކޮލެޓީ އެޝުއަރެންސް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ދީ ވަޒީފާ އަދާކުރާ އަތޮޅުގެ ނެޝެނަލް އެސެސްމެންޓު ބެލެއްޓުމުގައި "އަތޮޅު ކޯޑިނޭޓަރު" ކަމުގެ ޒިންމާ އަދާކުރުމެވެ.

ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށް ވިއުގައެއް އެކުލަވާލައި ދާއިރާއިން މުދައްރިސުން ތަމްރީންކުރުމާއެކު ސްކޫލްތައް އެސެސްކުރުން ހަރުދަނާވެގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް މިފަދަ ވިއުގައެއް އެކުލަވާލެވުމުން ތައުލީމީ ފެންވަރަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

މި އަހަރަކީ ތައުލީމީ ދާއިރާއަށް ޓެބްލެޓާއެކު ކިޔެވުމުގެ އާ ގޮތްތަކެއް ތައާރަފްވާނެ އަހަރަކަށް ވުމުން މި ވިއުގައިގެ ބޭނުން ވަރަށް މުހިއްމު ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް