ފޭސްބުކް އިން ނޫސްތައް މެދުވެރިކޮށް މައާފަށް އެދެފި

ފޭސްބުކްގެ ކޯ ފައުންޑަރު އަދި ސީއީއޯ މާކް ޒަކަބާގް

ފޭސްބުކްއާ މެދު ގިނަ ބަޔަކު ނުރުހިފަައި ތިބީ ކޭމްބްރިޖް އެނަލެޓިކާ ޑާޓާ ސްކޭންޑަލްގެ މައްސަލަ ފެންމަތިވުމާ އެކު އެވެ. އެ މައްސަލަ އާ ގުޅިގެން ގިނަ ބަޔަކު ފޭސްބުކް ދޫކޮށްލަމުންދާ އިރު ފޭސްބުކް އާ ދެކޮޅަށް ދަނީ ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ.

ފޭސްބުކް އިން އިއްޔެ ވަނީ އެ މައްސަލަ އާ ގުޅިގެން އާންމުންންގެ ފަރާތުން މައާފަށް އެދި އިނގިރޭސި ވިލާތުގެ ހަތް ނޫހެއް އަދި އެމެރިކާގެ ތިން ނޫހެއްގައި ނޫސް ބަޔާން ނެރެފަ އެވެ. އެއް ސަފުހާގެ އެ ބަޔާނުގައި ބުނީ ތާޑް ޕާޓީ އެޕްލިކޭޝަންތަކުގެ ތެރެއިން ޔޫޒަރުންގެ ޒާތީ މައުލޫމާތު އެއްކުރާ އެޕްލިކޭޝަންތައް ފޭސްބުކް މެދުވެރިކޮށް އެކަން ކުރުން ހުއްޓުވާފައިވާ ކަމަށެވެ.

ފޭސްބުކްގެ ޔޫޒަރުންގެ ކިބައިން މައާފަށް އެދި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ސޮއިކޮށް ނެރުނު އެ ބަޔާނުގައި ބުނީ ކުރި ފިޔަވަޅު ނޭޅުނީތީ ދެރަވާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.

އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު މާކް އޭނާގެ ފޭސްބުކްގައި އާންމު ކުރި ބަޔާނުގައި ޔޫޒަރުންގެ ފަރާތުން މައާފަށް އެދިފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިއީ އެކުންފުނިން މި މައްސަލާގައި މިހާ ފާޅުކަންބޮޑު ގޮތެއްގައި މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް