ޑްރޮޕް ބޮކްސްގެ ހިއްސާ ވިއްކަން ފެށުމުން ބޮޑު ތަރުހީބެއް

ޑްރޮޕްބޮކްސް އެޕްލިކޭޝަން

ކްލައުޑް ސްޓޯރޭޖް ކުންފުނި ޑްރޮޕް ބޮކްްސްގެ ހިއްސާ އާންމުންނަށް ވިއްކަން ފެށުމާއެކު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ޑްރޮޕް ބޮކްސްގެ ހިއްސާ ވިއްކަން ފެށިއިރު، އެކުންފުނިން ވިއްކަން ހުޅުވާލި ހިއްސާގެ 36 ޕަސެންޓު ފުރަތަނަ ދުވަހުވެސް ވިކުނު ކަމަށް ޑްރޮޕް ބޮކްސް އިން ބުނެއެވެ. މިއާއެކު ޑްރޮޕް ބޮކްސް ވެފައިވަނީ ސްނެޕް ޗެޓް އަށްފަހު ހިއްސާގެ ބާޒާރުގައި އެންމެ ބޮޑު ކާމިޔާބީއެއް ފުރަތަމަ ދުވަހު ހޯދި ކުންފުންޏަށެވެ.

ފުރަތަމަ ދުވަހުވެސް ޑްރޮޕް ބޮކްސްގެ މާކެޓް ވެލިއު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެކުންފުނިން ނިންމާފައިވަނީ 500 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމަށެވެ.

ޑްރޮޕް ބޮކްސް އިން ނިންމީ 18 ޑޮލަރަށް ހިއްސާ ވިއްކަން ނަމަވެސް އެކުންފުނީގެ ހިއްސާއަށް އޮތް ތަރުހީބާއެކު 21 ޑޮލަރަށް ހިއްސާ ވިއްކަން ފެށިއެވެ.

ޑްރޮޕް ބޮކްސްގެ ކާމިޔާބީ އާއެކު އެކުންފުނީގެ އެންމެ ބޮޑު އެއް ވާދަވެރިޔާ، ކްލައުޑް ސްޓޯރޭޖް ބޮކްސްގެ ހިއްސާގެ އަގު ވަނީ މާކެޓުގައި ވެއްޓެން ފަށައިފައެވެ.

ފައިސާ ދައްކައިގެން ޑްރޮޕް ބޮކްްސް ބޭނުންކުރާ 11 މިލިއަން ޔޫޒަރުން ތިބިއިރު މާކެޓުގައި އެއްވަރެއްގއި ހިފެހެއްޓުމަށް އެކުންފުނިންވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފާއިތުވި ތިން އަހަރު ތެރޭގައި ޑްރޮޕް ބޮކްސް އަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. ކުންފުނީގެ ރެވެނިއު 2015 ވަނަ އަހަރު ހުރީ 605 މިލިއަން ޑޮލަރުގައި ނަމަވެސް ހުސްވި އަހަރުގެ ނިޔަލަށް ކުންފުނީގެ އާމްދަނީ ވަނީ 1.1 ބިލިއަން ޑޮލަރަށް އަރައިފައެވެ.

comment ކޮމެންޓް