ހުރާ ބަލިކޮށް ގުޅިންވެސް ފެށުން ރަނގަޅުކޮށްފި

ކ. ގުޅީ ފުޓުބޯޅަ ޓީމު --- މީސް މީޑިއާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ކ. އަތޮޅު ބުރުގެ ދެވަނަ މެޗުގައި ހުރާ ބަލިކޮށް ގުޅިން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކ. އަތޮޅުގެ މުބާރާތް ހިންމަފުށީގައި ކުރިއަށްދާއިރު، ހިންމަފުށީގެ އިތުރުން ދެން މުބާރާތުގައި ވާދަކުރާނީ މާފުއްޓާއި ގުޅި އަދި ހުރައެވެ.

އެ އަތޮޅުގެ ފުރަތަމަ މެޗުގައި އިއްޔެ ހިންމަފުއްޓާއި މާފުށި ވާދަކޮށް، ހިންމަފުއްޓުން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު އެ އަތޮޅު ބުރުގެ ދެވަނަ މެޗުގައި ގުޅިން ހުރާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ޖެހި ތިން ގޯލްވެސް ފެނުނީ މެޗުގެ ފަހު ހާފްގައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ލީޑު ނެގީ ގުޅިންނެވެ. އެ ގޯލް ގުޅިއަށް ކާމިޔާބުކޮށްދިނީ ހުސައިން ފަހުދެވެ. މެޗުގެ 75 ވަނަ މިނެޓުގައި ގުޅީގެ މުހައްމަދު ޒޮރީފް ޖަހައިދިން ގޯލާއެކު އެޓީމުވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ހުސައިން ނަސީރުގެ ގޯލުން ހުރާއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އެޓީމަށް ނިންމާލަން ޖެހުނީ ބައްޔަކާއެކުގައެވެ.

ކ. އަތޮޅު ބުރުގައި ދެން އޮންނަ މެޗުގައި ވާދަކުރާނީ ހިންމަފުއްޓާއި ހުރައެވެ.

comment ކޮމެންޓް