ބިލްބޯޑް ޓޮޕް 100ގެ އެއްވަނައިގައި ޑްރޭކް

ޑްރޭކް --

ބިލްބޯޑް ޓޮޕް 100 ޗާޓަށް ބަލާއިރު މި ހަފްތާގެ ޗާޓުގެ ގަދަ ތިނަކަށް އެއްވެސް ބަދަލައެއް އައިސްފައެއް ނުވެއެވެ.

ޗާޓުގެ އެއްވަނަ ލަވަކިޔުންތެރިޔާ ޑްރޭކްގެ "ގޯޑްސް ޕްލޭން"އަށް ލިބޭއިރު ފާއިތުވި ހަފްތާގައި ވެސް މި ލަވަ އޮތީ ޗާޓުގެ އެއްވަނައިގައެވެ. މި ލަވަ ބިލްބޯޑު ޓޮޕް 100 ޗާޓުގައި ހިމެނިފައި އޮންނަތާ މިއީ އަށްވަނަ ހަފްތާއެވެ.

ޗާޓުގެ ދެވަނަ ލިބެނީ އެޑް ޝީރަންގެ ލަވަ "ޕާފެކްޓް" އަށެވެ. މި ލަވަ ޗާޓުގައި ހިމެނިފައި އޮންނަތާ 29 ހަފްތާ ވެފައިވާއިރު މިދިޔަ ހަފްތާވެސް މިލަވަ އޮތޯ ޓޮޕް 100 ޗާޓުގެ ދެވަނައިގައެވެ.

ޗާޓުގެ ތިންވަނަ ލިބެނީ ފާއިތުވި ތިން ހަފްތާވެސް މި މަގާމުގައި އޮތް ބްރޫނޯ މާސްގެ ފިނެސްއެވެ. މި ލަވަ ބިލަބޯޑު ޓޮޕް 100 ގައި އޮންނަތާ މިއީ 11 ވަނަ ހަފްތާއެވެ.

ބިލްބޯޑު ޓޮޕް 100 ގެ ގަދަ ފަހެއްގައިދެން ހިމެނެނީ ބީބީ ރެކްސާ އަދި ފްލޮރިޑާ ޖޯޖިއާ ލައިންގެ ލަވަ މެންޓް ޓު ބީއާއި ޕޯސްޓް މެލޯންގެ ސައިކޯއެވެ. މެންޓް ޓު ބީއަކީ މިދިޔަ ހަފްތަގެ ޗާޓުގެ ފަސްވަނައިގައި އޮތް ލަވައެވެ. މި ހަފްތާ ޗާޓުގެ ހަތަރުވަނައަށް މި ލަވަ ޖެހިލި އިރު ސައިކޯއަކީ މިދިޔަ ހަފްތާގެ ޗާޓުގެ ދެވަނައިގައި އޮތް ލަވައެވެ.

comment ކޮމެންޓް