ދިރާގުން ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ތައާރަފުކޮށްފި

ދިރާގުން ރާއްޖޭގައި ސެމްސަންގް ގެލެކްސީ އެސް9 ވިއްކަން ފެށުން -- ފޮޓޯ/ ދިރާގު

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނު ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މި ފޯނު މިރޭ ރާއްޖެއަށް ތައާރަފުކުރީ ދިރާގުންނެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކާ އެކު، އެ ފޯނު ރާއްޖެއަށޤ ތައާރަފުކޮށްދިނީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލްއާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިންގް ޑިރެކްޓަރ ހަން ބޭ ޕާކްއެވެ.

މިރޭ ކުލަގަދަ ހަރަކާތަކާ އެކު ދިރާގު ހެޑް އޮފީހުގައި ފޯނު ވިއްކަން ފެށި އިރު، ފޯނަށް ޕްރީއޯޑަރު ދިން ގިނަ އަދަދެއްގެ ކަސްޓަމަރުން، ފޯނު ގަތުމަށް ހެޑް އޮފީސް ބޭރުގައި ކިއު ހަދައިގެން ތިއްބެވެ.

ދިރާގުން ސެމްސަންގް ގލެެކްސީ އެސް9 ގަތް ފުރަތަމަ ކަސްޓަމަރަށް ފޯނު ހަވާލުކުރަނީ -- ފޮޓޯ/ ދިރާގު

މިރޭ އެންމެ ފުރަތަމަ ފޯނު ގަތީ އަހްމަދު އަޝްރަފު ކިޔާ ކަސްޓަމަރެކެވެ. އޭނާ ގތީ ގެލެކްސީ އެސް9 ޕްލަސްއެކެވެ.

ދިރާގުން ވަނީ އެ ފޯނު ގަތުމަށް، ޕޯސްޓްޕެއިޑް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްސަ އިންސްޓޯލްމަންޓް ޕްލޭންތަކެއް ތައާރަފުކޮށްފައެވެ. އަދި ދިރާގުން ގަންނަ ކޮންމެ ފޯނަކާ އެކު ހަ މަސް ދުވަހަށޤ، ކޮންމެ މަހަކު ފަސް ޖީބީގެ ބޯނަސް ޑާޓާވެސް ހުށަހަޅާފައެވެ.

ދިރާގުން ރާއްޖޭގައި ސެމްސަންގް ގެލެކްސީ އެސް9 ވިއްކަން ފެށުން -- ފޮޓޯ/ ދިރާގު

ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ހޯދުމަށް ޕްރީއޯޑާ ކުރި ފަރާތްތަކަށް ސެމްސަންގ ގިއާ ސްޕޯޓްސް ވޮޗެއް 30 ޕަސެންޓް ޑިސްކައުންޓާއެކު ލިބޭނެކަމަށްވެސް ދިރާގުން މީގެ ކުރިން ބުންޏެވެ.

ސެމްސަންގުން އެންމެފަހުން ބާޒާރަށް ނެރެފައިވަނީ މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި ލައިލެކް ޕާޕަލް ކުލައިގެ ސެމްސަންގް އެސް-9 އަދި އެސް-9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނެވެ.

comment ކޮމެންޓް