ފޭސްބުކް ގްރޫޕު ޗެޓްތަކުގައިވެސް ދެން އެޑްމިނުން ތިބޭނެ

ފޭސްބުކް މެސެންޖާގެ ގުރޫޕު ޗެޓުގައި އެޑްމިންއެއް އިންނަން ޖެހޭގޮތަށް ބަދަލު ގެނައުމަށް ފޭސްބުކްއިން ނިންމައިފިއެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އެކުންފުނިން ގެންގުޅޭ ގޮތާމެދު ގިނަ ބަޔަކު ނުރުހުންވެފައތިބި ދަނޑިވަޅެއްގައި ފޭސްބުކްއިން ނިންމި މި ނިންމުމުގައި ވާގޮތުން ގްރޫޕު ޗެޓަށް މީހަކަށް ޖޮއިން ކުރެވޭނީ އެ ގްރޫޕެއްގެ އެޑްމިންގެ އެޕްރޫވަލް ލިބިގެންނެވެ.

މި ނިންމުމާއެކު ދެން ގުރޫޕުތަކަށް ޖޮއިން ކުރުމަށް ފޮނުވާނީ ލިންކެއް ކަމަށާއި ގުރޫޕެއްގައި ގިނަވެގެން ތިބެވޭނީ 250 މެންބަރުންނަށް ކަމަށް ފޭސްބުކްއިން ބުނެއެވެ.

ފޭސްބުކްގެ ސެކިއުރިޓީ ފީޗާތަކާމެދު ވެސް ގިނަ ބައެއްގެ ޝަކުވާ ވަނީ ދާދި ފަހުން ވަރާށް ބޮޑުވެފައެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދުވެސް މަދުވަމުން ދާއިރު، އިތުރު ބަދަލުތައް ގެނެސްގެންވެސް ފޭސްބުކްގެ ޔޫޒަރުން މަދުވިޔަ ނުދިނުމަށް އެކުންފުނިންވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް