ކުޅުދުއްފުށީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުޅުދުއްފުށި އެއާޕޯޓް އަޅަން މޫދުން ހިއްކާ ސަރަހައްދުގެ ބަންޑުވޯލް ޖަހާފައި: މިހާރު ކުރިއަށްދަނީ އެރަށު ކުޅިން ހިއްކާ ސަރަހައްދުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ ކުޅުފުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނަކު އިތުރުފަރުވާއަށް މާލެ ގެނެސްފިއެވެ.

އިއްޔެ އެ ރަށު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރު ކުރިމަތިން އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކަލު ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެފައިވާ ޒުވާނާގެ ބޮލަށާއި މޭ ކަށިގަނޑަށް ވަނީ ގެއްލުން ލިބިފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ މޭ ކަށިގަނޑުވަނީ ބިންދައިގެން ގޮސްފައެވެ. އަދި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި އަނެއް ސައިކަލުގައި އިންޒުވާނާގެ އަތުގައި ލައިންސަންސެއް ނެތެވެ. އަދި އެ އެކްސިޑެންޓް ހިނގި ސަރަހައްދުން މަސްތުވާތަކެތިވެސް ވަނީ ފެނިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން އަދި މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެެއެވެ.

comment ކޮމެންޓް