މިޑްނައިޓް ސަން ވެސް މި ހަފްތާ ބަންދުގައި ޝްވެކް އަށް

ފިލްމުގެ މަންޒަރެއް---

ސްކޮޓް ސްޕިއާ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "މިޑްނައިޓް ސަން" ވެސް މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް (ކޭޓީ) މަދުން ނޫނީ ނުފެންނަ ކަހަލަ ބައްޔެއް ޖެހި އިރުގެ އަލިކަމުން އެ ކުއްޖާ ރައްކާތެރިވާން މަޖުބޫރުވެފައިވާ މަންޒަރު ފިލްމުން ދައްކުވައިދެ އެވެ. މިއުޒިކަށް ލޯބިކުރާ އެ ކުއްޖާ އަށް އޭނާގެ ހުނަރު ދައްކާލެވޭ ވަގުތަކަށް އޮންނަނީ ހަމައެކަނި ރޭގަނޑުގެ ވަގުތެވެ. މިއުޒިކް ކުޅެމުން ދިޔަ ރެއަކު އޭނާ އެންމެހިތް އެދޭ މީހާ އާ ބައްދަލުވެ އެވެ. ކޭޓީ އޭނާ އަށް ޖެހިފައިވާ ބަލި އެ ފިރިހެން ކުއްޖާ (ޕެޓްރިކް) އަށް ފޮރުވަ އެވެ. ދުވަސްތައް ގުނަމުންދަނިކޮށް ޕެޓްރިކް އަށް ކޭޓީ އަށް ޖެހިފައިވާ ބަލީގެ ހަގީގަށް އެގިގެންދެ އެވެ. ކޭޓީ އަށް ޕެޓްރިކް އާ އެކީ ބާކީ ހުރި ދުވަސްތައް ގުނޭނެ ކަމާ މެދު ސުވާލު އުފައްދަ އެވެ.

ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނަކީ ބެލާ ތޯން، ޕެޓްރިކް ޝްވާޒްނެގާ، ކުއިން ޝެޕާޑް، ކެން ޓްރެމްބެލެޓް، ސުލެކާ މެތިއު އަދި ރޮބް ރިގްލް އެވެ.

މިޑްނައިޓް ސަން އަކީ ރޮމޭންޓިކް ޑްރާމާ އެކެވެ.

comment ކޮމެންޓް