އިބޫގެ ބަންދުގެ މައްސަލަ ވެސް އިސްތިއުނާފަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ބަންދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އިބޫގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ނުވަ ދުވަހަށް އިބޫގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި މައްސަލަ މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ސަސްޕެންޑުކޮށްފައިނުވާއިރު، މަހުލޫފް ހައްޔަރުކުރީ އެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއްގެ ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ.

އިބޫ ހައްޔަރުކުރީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމަށް ފުލުހުންނަށް މުއްދަތު މަޖިލީހުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް