މިހަފްތާ ބަންދުގައި ޕެސިފިކް ރިމް 2 ޝްވެކް ސިނަމާ އަށް

ޕެސިފިކް ރިމް 2 ގެ ޕޯސްޓަރެއް

ލެޖެންޑަރީ ޕިކްސްޗާސް އަދި ޔުނިވާސަލް ޕިކްޗާސްގެ ފިލްމު "ފެސިފިކް ރމް 2" މިހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާނެ ކަމަށް އެ ސިނަމާ އިން ބުނެފި އެވެ.

ސައިންސް ފިކްޝަނަލް އެކްޝަން މި ފިލްމަކީ އިންސާނުންނަޢި އެހެން ޕްލެނެޓަކުން އަންނަ "މޮންސްޓާސް"ތަކާ ދެމެދު ބަދަލުކުރާ ހަމަލާތަކެއް ދައްކައިދޭ ފިލްމެކެވެ.

މިއީ 2013 ވަނަ އަހަރު ނެރުނު ޕެސިފިކް ރިމްގެ ސީކުއެލް އެކެވެ.

ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި ޖޯން ބޮޔޭގާ، ސްކޮޓް އީސްޓްވުޑް، ޖިންގް ޓިއާން ފަދަ ތަރިން ހިމެނެ އެވެ.

ޕެސިފިކް ރިމްގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ ވާހަކަ މިހާރު ދެކެވެމުންދާކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

comment ކޮމެންޓް