ނުވަ ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ކުރި އިއުލާން ބާތިލްކޮށްފި

ކުޅުދުއްފުށީގައި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތައް -- ފޮޓޯ ކުޅުދުއްފުށީ އޮންލައިން

ނުވަރަށެއްގައި 800 ހައުސިން ޔުނިޓް އެޅުމަށް ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނު ބާތިލްކޮށްފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ، ލ.ގަން، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.މަޑުއްވަރި، ސ.ފޭދޫގައި އަދި ށ.ކޮމަންޑޫގައި ޤާއިމުކުރާ ހައުސިން ޔުނިޓުތައް އެޅުމަށް ކުރި އިއުލާނު ބާތިލް ކުރާ ކަމަށެވެ. އެ އިއުލާނު ބާތިލް ކުރީ ކީއްވެ ކަމެއް ބުނެފައެެއް ނުވެއެވެ.

މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 200 ހައުސިން ޔުނިޓް އަޅަން ނިންމާފައިވަނީ ވަނީ ލ. ގަމުގަ އެވެ. މީގެ އިތުރުން ހިިންނަވަރާއި ނައިފަރާއި އޭދަފުށި އަދި ސ. ފޭދޫގައި އަޅަނީ ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓެވެ. މީގެ އިތުރުން ށ. ކޮމަންޑު އާއި ރ. މަޑުއްވަރީ އާއި ދ. މީދޫ އަދި ކުޑަހުވަދޫގައި އަޅަނީ ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓެވެ.

comment ކޮމެންޓް