މަހިބަދޫ އައިސްޕްލާންޓަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މަސް ދޯންޏެއްގައި މަސްވެރިޔަކު ހުއްޓިލައިގެން --- ސަން ފައިލް ފޮޓޯ

ފިޝަރީޒް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާޢިމު ކުރުމަށް ބޭނުންވާ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ފިޝަރީޒް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނުގައި ބުނީ އައިސްޕްލާންޓް ބަހައްޓަން ބޭނުންވާ ފަރާތްތަކުން އަންނަ މަހު 18 ގެ ކުރިން ލޯނަށް އެދެން ޖެހޭނެ ކަމަށެެވެ.

މިއީ މަސްވެރިން ބާނާ މަސް، މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށް ޓަކައި، އައިސް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މަހިބަދޫގައި ހަދާ އައިސްޕްލާންޓް ހެދުމަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ހަަމަޖެހިފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯނަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީއަށް ކަމަށެވެ.

މަސްދޯނި ފަހަރުގައި އައިސް އުފައްދާ ނިޒާމް ހަރުކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުގެ ދަށުން އެކަމަށް ބޭނުންވާ ފަރާތްތަކަށް ވެސް މިދިޔަ އަހަރު ފިޝަރީޒް މިނިސްޓްރީން ވަނީ ލޯނުދޫކޮށްފަ އެވެ.

comment ކޮމެންޓް