އެޗްއާރު ފޯރަމް ބޭއްވުމަށް އެމްއޭއެޗްއާރުޕީ އާއި ސީއެމްއޭ ގުޅިއްޖެ

އެޗްއާރު ފޯރަމް ބޭއްވުމަށް އެމްއޭއެޗްއާރުޕީ އާއި ސީއެމްއޭ އާ ގުޅި އެއްބަސްވުމުގައި ސޮއިކޮށްފި -- ފޮޓޯ/ ސީއެމްއޭ

މޯލްޑިވްސް އެޗްއާރު ފޯރަމް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފިޝަނަލްސް (އެމްއޭއެޗްއާރުޕީ) އާއި ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) ގުޅިއްޖެއެވެ.

ސީއެމްއޭއިން ބާއްވާ އެޗްއާރު ފޯރަމް އަކީ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ލީޑަރުންނާއި ހިއުމަން ރިސޯސްގައި މަސައްކަތް ކުރާ މުވައްޒަފުން އެއްތަނަކަށްގެނެސް އެމީހުންގެ ހުނަރު އިތުރުކޮށް އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ބިޒްނަސް ނެޓްވާކިން އިވެންޓެއްކަމަށް ސީއެމްއޭއިން ބުންޏެވެ.

ސީއެމްއޭއިން ބުނީ، އެޗްއާރު ފޯރަމްގައި ވިޔަފާރިތަކުގެ ޑިރެކްޓަރުންނާއި، ނައިބުރައީސުންނާއި ސީޕޯއޯއިން އަދި ކާމިޔާބު އެޗްއާރު މެނޭޖްމަންޓަކާއެކު ވިޔަފާރިތަށް ކުރިއެރުވުމުގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވާނެކަމަށެވެ.

އެމްއޭއެޗްއާރު އިން އެޗްއާރު ފޯރަމް އެންޑޯޒް ކުރުމުގެ އިތުރުން ސީއެމްއޭއާއި ގުޅިގެން އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި ފަރާތްތައް ހޯދައި އެއްތަނަކަށް ގެނެސް ޓްރެއިނިން ޕްރޮގްރާމްތައް ހިންގާ އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށް ސީއެމްއޭއިން ބުންޏެވެ.

އެމްއޭއެޗްއާރު އިން ސީއެމްއޭއާއެކު އެސޯސިއޭޓް ޕާޓްނަރުކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައެވެ. އަދި އެޗްއާރު ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައި ކަމަށް ސީއެމްއޭއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު