ދުނިޔޭގައި އޮތް އެންމެ ފަހު ފިރިހެން ނޮދާން ވައިޓް ރައިނޯ މަރުވެއްޖެ

ދުނިޔޭގައި އޮތް އެންމެ ފަހު ފިރިހެން ނޮދާން ވައިޓް ރައިނޯ މަރުވެއްޖެ އެވެ. މިއީ ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ.

ސޫދާންގެ ނަން ދީފައިވާ މި ރައިނޯ މަރުވީ އުމުރުން 45 އަހަރުގަ އެވެ. އެސޮރު މަރުވި އިރު އުމުރުން ދުވަސްވުމުން ދިމާވި ސިއްހީ މައްސަލަތަކަށް ދިޔައީ ފަރުވާ ދެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ދުނިޔޭގައި މިހާރު އޮތީ ނަދަން ވައިޓް ރައިނޯ ނަސްލުގެ ދެ އަންހެން ރައިނޯ އެވެ.

ސޫދާން މަރުވި އިރު އެސޮރު ބަލަހައްޓަމުން ދިޔައީ ކެންޔާގެ ކޮންޒަވޭޓްރީ އަކުންނެވެ. ސޫދާންގެ ޖެނެޓިކް ސާމްޕަލް ނެގިފައިވާ ކަމަށާއި މިހާރު ދުނިޔޭގައި އޮތް ދެ އަންހެން ރައިނޯގެ އެހީގައި އޭގެ ނަސްލު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ރިސާޗަރުން ބުނެ އެވެ.

ރައިނޯގެ ދަޅުގެ ބޭނުމުގައި އެސޮރުމެން މެރުމަކީ އޭޝިއާގެ ގައުމުތަކުގައި އާންމު ކަމެކެވެ. މިއާ އެކު ރައިނޯގެ ނަސްލުތައް ނެތިދާނެ ކަމުގެ ބިރު ހީވަން ފަށާފައިވާ ކަމަށް ޖަނަވާރު ހިމާޔަތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް