500 އަށް ވުރެ ގިނަ ފަރާތްތަކުން ސަޓާ އެވޯޑަށް ނޮމިނޭޝަން ހުށައަޅައިފި

ސާޓާ 2017: "ސަޓާ ގާލާ އެންޑް އެވޯޑްސް" ހަފްލާ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުން -- ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ސަރަހައްދީ އެވޯޑު "ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)" އަށް މި އަހަރު 500 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޝަން ހުށައަޅައިފި އެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 އަށް ހުޅުވާލި އެ ފުރުސަތުގައި ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބޫޓާނުގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުން ނޮމިނޭޝަން ހުށަހަޅާފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.

ނޮމިނޭޝަނަށް ހުށައެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޮންލައިން ވޯޓިންއަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހައިރައިޒުން ބުންޏެވެ. އަދި ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލް އަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް، މުމްބާއީގަ އެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެ އެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
comment ކޮމެންޓް