ހިޗްކީ: އަންނަ ހުކުރު ދުވަހު ޝްވެކް ސިނަމާ އަށް

ހިޗްކީގެ ޕޯސްޓަރެއް---

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރާނީ މުކަރްޖީ އަލުން ބޮލީވުޑަށް ނުކުންނަ ފިލްމު "ހިޗްކީ" އަންނަ ހުކުރު ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖައްސައިފި އެވެ.

ސިދާތް މަލްހަތްރާ ޑައިރެކްޓްކޮށް އުފައްދާ ފިލްމުގެ ޕްރޮޑިއުސަރަކީ މަނީޝް ޝަރްމާ އެވެ.

ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފަ އެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެ އެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދޭނެ އެވެ.

ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ. "ހިޗްކީ" އަކީ ފެމެލީ ޑްރާމާ އެކެވެ.

comment ކޮމެންޓް