އެމެރިކާގައި އޫބާގެ ސެލްފް ޑްރައިވިން ކާރަކުން ޖެހި އަންހެނަކު މަރުވެއްޖެ

އޫބާއިން ސެލްފް ޑްރައިވިން ކާރު ޓެސްޓު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 20): ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އޫބާގެ ސެލްފް ޑްރައިވިން ކާރަކުން ޖެހި އެމެރިކާގެ އެރިޒޯނާގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ އެހާދިސާ ހިނގީ ކާރު 'އޮޓޮނޮމަސް މޯޑު'ގައި ދުއްވަމުން ދަނިކޮށް މަގު ހުރަސް ކުރަމުން ދިޔަ އަންހެނެއްގެ ގައިގައި ޖެހިގެންނެވެ. އަދި ހާދިސާ ހިނގި ވަގުތު ކާރުގެ ތެރޭގައި މީހަކު ހުރި ނަމަވެސް އޭނާއަށް އެކްސިޑެންޓު ހުއްޓުވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމެރިކާގެ ނެޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަން އާއި ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމަށް އެރިޒޯނާއަށް އޮފިޝަލުން ފޮނުވާނެ ކަމަށް ބުނެފަ އެވެ.

އަދި އެ ހާދިސާއާ ގުޅިގެން އޫބާއިން ވަނީ އެކުންފުނީގެ ސެލްފް ޑްރައިވިން ކާރުތައް އެމެރިކާގެ މަގުތަކުގައި ޓެސްޓު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް