އިންސްޓަގްރާމްގައި ޕްރިޔަންކާ އަށް ވުރެ ކުރީގައި ދީޕިކާ!

އިންޑިއާގައި ފުރަތަމަ ފަހަރަށް ދިން އިންސްޓަގްރާމް އެވޯޑްސްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ފަންނާނުގެ އެވޯޑު ބަތަލާ ދީޕިކާ ޕަދުކޯން ހޯދައިފި އެވެ.

އިންސްޓަގްރާމްގައި 22.4 މިލިއަން މީހުން ދީޕިކާ ފޮލޯ ކުރެ އެވެ. ދީޕިކާ އެ އެވޯޑު ހޯދީ އިންޓަނޭޝަނަލް ސްޓާ ޕްރިޔަންކާ ޗޯޕްރާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އިންސްޓަގްރާމްގައި ޕްރިޔަންކާގެ ފޮލޮވަރުންގެ އަދަދު އުޅެނީ 22 މިލިއަންގަ އެވެ.

އަދި 20.8 މިލިއަން ފޮލޮވަރުންނާ އެކު ތިން ވަނަ ލިބެނީ ޒުވާން ބަތަލާ އާލިއާ ބަޓް އަށެވެ.

އެންމެ 'އެންގޭޖްޑް އެކައުންޓު' އަކަށް ހޮވިފައި ވަނީ އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީގެ އެކައުންޓެވެ. އެއީ ފޮޓޯ އާއި ވީޑިއޯތަކަށް ލިބިފައިވާ ލައިކްސް އަދި ކޮމެންޓަށް ބަލައިގެން ދޭ އެވޯޑެކެވެ.

އޭގެ އިތުރުން އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފޮލޮވަރުން ހޯދި، 'އެމާޖިން އެކައުންޓު'ގެ އެވޯޑު ހޯދީ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރު އެވެ.

ވިހި މިލިއަން ފޮލޮވަރުން ހަމަވުމުން ދޭ 'މައިލްސްޓޯން' އެވޯޑު ހޯދީ އާލިއާ ބަޓް އަދި ޝްރައްދާ ކަޕޫރު އެވެ.

comment ކޮމެންޓް