މިއީ ވަން ޕްލަސް 6ގެ ޑިޒައިނަށް ވެދާނެބާ؟

ވަންޕްލަސްގެ އާޑިޒައިން ކަމަށް ބެލެވޭ ޑިޒައިންއެއް ----

ސްމާޓް ފޯނުތަކުގެ ދުނިޔޭގައި ވަން ޕްލަސް އަކީ މިހާރު ފަހަގަ ކުރަން ޖެހޭ ނަމެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދާ، ސެމްސަންގް، އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރަން ފަށާފައިވާ ވަން ޕްލަސް އިން އަންނަނީ ސްމާޓް ފޯނުގެ ބާޒާރަށް ބޮޑެތި އިންގިލާބުތައް ގެންނަމުންނެވެ.

ވަން ޕްލަސްގެ ވަފާތެރި ފޭނުން މިހާރު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދާނީ އެކުންފުނީގެ އާ ފޯނު އަން ޕްލަސް6 ބާޒާރަށް ނެރޭނެ ދުވަހަކަށެވެ. ވަން ޕްލަސް 6 އާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ދެކެވިފަ އެވެ.

އެ ފޯނު ބާޒާރަށް ނެރޭނީ އަހަރުގެ މެދުތެރޭގައި ކަން ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ވަން ޕްލަސްގެ ހިއްސާ އޮންނަ އޮއްޕޮ އަކީ ވެސް ސްމާޓްފޯނުގެ ދުނިޔޭގައި މެދުފަންތީގެ ފޯނުތައް ނެރޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ފޯނުތަކާ ވަން ޕްލަސްގެ ފޯނުތަކުގެ ޑިޒައިން އެއްގޮތްކަމުގެ ވާހަކަ ދެކެވެ އެވެ. އޮއްޕޮގެ އެންމެ ފަހުގެ ފޯނުގެ ޗައިނާގައި ދައްކާލާފައިވާ އިރު ހަބަރުތައް ބުނާ ގޮތުން ވަންޕްލަސް 6ގެ ޑިޒައިން ވެސް އޮއްޕޮގެ ފަހުގެ ފޯނާ ވައްތަރުވާނެ އެވެ.

އޮއްޕޮ އިން މިދިޔަ އަހަރު ނެރުނު R11S އާ ވަން ޕްލަސް އިން ނެރުނު ވަންޕްސްލަސް 5 ޓީގެ ޑިޒައިން އަކީ ގާތްގަނޑަކަށް އެއް ޑިޒައިން އެކެވެ. އެހެންކަމުން ވަން ޕްލަސް 6ގެ ޑިޒައިން ވެސް އޮއްޕޮ އިން ޗައިނާގެ ބާޒާރަށް އިއްޔެ އަލަށް ތައާރަފްކުރި R15ގެ ޑިޒައިން އާ އެއްގޮތް ކަމެއް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް