ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ހުޅުމަލެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާވެ މަރުވި މީހާ ----

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު މީހާ މަރުވެެއްޖެއެވެ.

ރޭގެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މީހަކަށެވެ. އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގުމާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސީރިއަސް ކަމުން ވަގުތުން އެމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދެނިކޮށް އޭނާ މަރުވެފައިވަނީ ރޭ މެންދަމުއެވެ.

އެކްސިޑެންޓުގައި މަރުވި މީހާ އަކީ ދޭތެރެ ދޭތެރެއިން ފިޓު ޖެހޭ މީހެއް ކަމަށް އެނގިފައިވެއެވެ. އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅި، އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް އޮޕަރޭޝަނެއް ކުރަން ނިންމި ނަމަވެސް ހޭނާރާ އޮތުމުގެ ސަބަބުން އޮޕަރޭޝަން ނުކުރެވިގެން ކަމަށްވެސް އެނގިފައިވެއެވެ.

comment ކޮމެންޓް