ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ސީރިއަސް ހާލަތެއްގައި

ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް: ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި --- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

ރޭގެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މީހަކަށެވެ. އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގުމާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ ރޭގެ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި މީހާގެ ހާލު ސީރިއަސް ކަމުން ވަގުތުން އެމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.

އެކްސިޑެންޓުވި މީހާއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް