އަލީ އާޒިމްގެ ބަންދަށް ވެސް ނުވަ ދުވަސް ޖަހައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރޭގައި އަލީ އާޒިމް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނުވަ ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ އާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރުއެވެ.

އަލީ އާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝާއިރު ވިދާޅުވީ، އަލީ އާޒިމް ނުވަ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަލީ އާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އަލީ އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހާފައިވާއިރު މިއަދު ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދަށް ވެސް ނުވަ ދުވަސް ޖަހާފައެވެ.

comment ކޮމެންޓް