ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ފަންސަވީސް ދިވެހީންނާއެކު ދަތުރުކުރަމުން ދިޔަ މަސް ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އެ ދޯނި ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 9:20 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކޯސްޓުގާޑުގެ ލޯންޗަށް ދޯނި ފެނުނީ އައްޑޫ ސިޓީގެ ހުޅަނގުން 22 މޅު ބޭރުން ކަމަށެވެ.

"މިހާރު އެ ދޯނި ދަތުރުކުރަމުން އަންނަނީ އައްޑޫ ސިޓީއަށް އައުމަށް،" އާޒިމް ވިދާޅުވިއެވެ.

އެ ދޯންޏަކީ ސ.މަރަދޫ އިން މިދިޔަ ހުކުރު ދުވަހު 18:00 ގައި މަހަށްފުރި "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެކެވެ.

comment ކޮމެންޓް