ސީރިއާގެ ރައީސް އިރުމަތީ ޣޫތާއަށް ޒިޔާރަތް ކުރައްވައިފި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިރުމަތީ ޣޫތާގެ ސިފައިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

ދިމިޝްގު (މާޗް 19): ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އެ ގައުމުގެ އިރުމަތީ ޣޫތާއަށް ޒިޔާރަތް ކުރައްވައި ގިނަ އަދަދެއްގެ މީހުންނާ ބައްދަލު ކުރައްވައިފި އެވެ.

ސީރިއާގެ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާއިން ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ދައްކާ ގޮތުގައި ރައީސް އަސަދު ވަނީ ޣޫތާގެ ސިފައިންނާއި އާއްމުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ގައުމާއި ރައްޔިތުންގެ ދިފާއުގައި ހަތިޔާރު އުފުލާ ހުރިހާ ސިފައިންނާ މެދު ރައްޔިތުން ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެމީހަކާ ހަވާލުކޮށްފައިވާ މިޝަން ފުރިހަމަ ކުރަމުންދާ ކޮންމެ ސިފައިންގެ މީހަކު ވަނީ ދުނިޔޭގެ ސިޔާސީ ޗާޓު ބަދަލުކޮށްފައި،" ރައީސް އަސަދު ވިދާޅުވި އެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޣޫތާގެ ބޮޑުބައެއް މިހާރު ވަނީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިދިޔަ މަހުން ފެށިގެން ސީރިއާ ސަރުކާރުން ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން އިރުމަތީ ޣޫތާގައި ތިބި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ގައުމުގެ އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް