Sun Online
އަންހެނަކު، މައްކާގެ މަސްޖިދުލް ހަރަމްގައި --
އަންހެނަކު، މައްކާގެ މަސްޖިދުލް ހަރަމްގައި --

އަހަރެން ފިކުރާވި އިސްލާމްދީން: ސާފުތާހިރުކަން

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

ޙަޤީޤަތްނުދަންނަ މީހުން ވަނީ އިސްލާމްދީނާއި މުސްލިމުންނާ ބެހޭ ގޮތުން ވަރަށްގިނަ ކުށްހީތަކެއްގައި ހައްޔަރުވެފައެވެ. އެކުށްހީތަކުގެ ތެރެއިން ހިމެނޭ އެއްހީއަކީ މުސްލިމުންނަކީ ސާފުތާހިރުކަމަށް ކުޑަވެސް އަހައްމިއްޔަތެއް ނުދޭ ބަޔަކު ކަމުގައިހީވެފައި އޮންނަހީވުމެވެ.(ތެދުތެދަށް ދަންނަވާނަމަ މިފަދަ ކުށްހީތައް އުފެދޭން ޖެހެނީ ބައެއް މުސްލިމުންގެ ގައިންތާހިރުވުމާއި ހެދުން އެޅުން ހުންނަ ގޮތުންވެސްމެއެވެ.) ނަމަވެސް އަޅުގަނޑު އިސްލާމްދީނާއި މުސްލިމުންގެ ފުރިހަމަ ޙަޤީޤަތް ނުދަންނަ ހުރިހާ އަޚުނު އުޚުތުންނަށް އަންގައިދެމެވެ. ސާފުތާހިރުކަމަށް އިންތިހާ ދަރަޖައަށް ބާރުއަޅައި އެކަމަށް އިރުޝާދުދޭ ދީނެއްވާކަމުގައިވާނަމަ އެދީނަކީ ހަމައެކަނި އިސްލާމްދީނެވެ. އިތުރުސާހިބާގެ އިރުޝާދުތަކަށް މުސްލިމުން ތަބާވެ އެމާތް ސާހިބާ ދެއްކެވި ނަމޫނާއާ އެއްގޮތަށް ހިނގާނަމަ އިސްލާމީ ދުނިޔެވާނީ މިބިންމަތީގައިވާ އެންމެ ސާފުތާހިރު ސަރަހައްދުކަމުގައެވެ.

އިސްލާމްދީނުގައިވަނީ ރެޔާއި ދުވާލު ފަސްނަމާދުކުރުން ފަރުޟު ކުރައްވައިފައެވެ. ސާފުތާހިރުކަމާނުލައެއް ނަމާދު އަދައެއް ނުކުރެވޭނެއެވެ. އިސްލާމީ އިސްޠިލާޙުގައި ސާފުތާހިރުކަމަކީ ޠަހާރަތެކެވެ. ޠަހާރަތުގެ ވަނީ ތިންބަޔެކެވެ. އެއީ:

  1. ހަށިގަނޑުގެ ސާފުތާހިރުކަމާއި،
  2. ފޭރާމުގެ ސާފުތާހިރުކަން ކަމާއި،
  3. ތަނުގެ ސާފުތާހިރުކަމެވެ.

އިސްލާމްދީނުގައިވަނީ މިތިން ދާއިރާގެ ސާފުތާހިރުކަމަށްވެސް ނިހާޔަތަށް ބާރުއަޅައިފައެވެ. ހަށިގަނޑުގެ ސާފުތާހިރުކަމަށްޓަކައި ޤަޟާޙާޖަތްކުރުމަށްފަހު ވަރަށް ރަނގަޅަށް ސާފުކޮށް ތާހިރުވުމަށްވަނީ އަމުރުކޮށްފައެވެ. އިސްތިންޖާ ކުރުމަށްފަހު ފެނުން ދޮވުމަށް ބާރުއަޅައިފައެވެ.

އިންސާނުން ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމަށް އަސަރު ފޯރާފަދަ ތަންތަނަށް ކުޑަކަމުދިޔުމާއި ބޮޑުކަމުންދިޔުންވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި މީހުން ހިނގައިބިނގައި އުޅޭ މަގުތަކާއި، ފެންފެންގަނޑާއި، ކޯރުތަކާއި، ގަސްގަހުގެ ހިޔަލާއި، އީދުނަމާދުކުރާ ހުސްބިންތަކާއި، މިސްކިތްތަކާއި، ޤަބްރުސްތާނު ފަދަ ތަންތައް ހިމެނެއެވެ.

އިސްލާމްދީން ވަނީ ކޮޅަށްހުރެ ކުޑަކަމުދިޔުމާއި، ފެންފެންގަނޑަށް ޤާޟާޙާޖަތް ކުރުމާއި، ސަވާރުވެތިބޭ ޖަނަވާރުގެ މަތީގައި ތިބެ ޤަޟާހާޖަތްކުރުން މަނާކޮށްފައެވެ. ސާފުތާހިރުކަމަށް ބާރުއެޅުމުގެ ގޮތުންނެވެ. އިސްލާމްދީން ސާފުތާހިރުކަމަށްދޭ އަހަންމިއްޔަތުގެ އެއް ހެއްކަކީ އޫރާއި ކުއްތާފަދަ ޖަނަވާރުގެ ދަވަ ކަންވާރެއްގައި ޖެހިއްޖެނަމަ އެކަންވާރެއްވެސް ރަނގަޅަށްދޮވެ ސާފުކުރަން އިރުޝާދު ދީފައިވުމެވެ. ހަމައެފަދައިން ލެޔާއި، ދޮހާއި، ކުޑަކަމު ނުވަތަ ބޮޑުކަމު ނަޖިސް ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ޖެހިއްޖެނަމަ ދޮވެ ތާހިރުކުރުމަށްވެސް ވަނީ އަންގައިފައެވެ. ކިރުބޯ ކުއްޖަކު މީހެއްގެ ގަޔަށް ކުޑަކަމުދިޔަކަމުގައި ވިޔަސް ފެންއަޅައި ހަށިގަނޑާއި ފޭރާން ތާހިރުކުރަންވަނީ އަންގައިފައެވެ.

ނަމާދު ސައްޙަވުމުގެ ޝަރުތުތަކުގެ ތެރޭގައި ނަމާދުކުރާ ތަނާއި، ފޭރާމާއި، ހަށިގަނޑުގެ ސާފުތާހިރުކަން ވަނީ ހިމަނައިފައެވެ. ކޮންމެ ނަމާދެއްގެ ކުރީގައި ވުޟޫކުރުމަކީވެސް ލާޒިމުކަމެކެވެ. ހަމައެފަދަދައިން ފެނަކާމަތިވެފައިވާނަމަ ނަމާދުގެ ކުރީން ހިނައިގަތުން ވާޖިބެވެ. ފެންވަރާއިރު ނޭފަތުގެ ދެހިނދުރީގެތެރެއާއި ކަރުތެރެވެސް ރަނގަޅަށް ސާފުކުރާންޖެހެއެވެ. މުޅިހަށިގަނޑުގެ ބޭރުފުށް ރަނގަޅަށް ދޮވެ މިލަތައް ފިލުވާންޖެހެއެވެ.

ރެއަކާދުވާލު ފަސްފަހަރު(ފަސްނަމާދަށް) ވުޟޫކުރާއިރުވެސް އަނގައާއި، ކަރުތެރެއާއި، ނޭފަތުތެރެއާއި ކަންފަތުގެ ކޮރުވަޅުތެރެވެސް ސާފުކުރާންޖެހެއެވެ. މޫނާއި، ދެއަތާއި، ދެފައި ރަނގަޅަށް ދޮންނާން ޖެހެއެވެ. އެއިން ކޮންމެ ގުނަވަނެއް ތިންފަހަރު ދޮންނާންޖެހެއެވެ. ނަމާދަށް ވުޟޫކުރުމުގެ ކުރީން ދަތް އުނގުޅަންޖެހެއެވެ. ނަމާދުގެ ކުރީން ދަތްއުނގުޅުމަކީ ނަމާދުގެ ޘަވާބު އެތައް ގުނައެއް އިތުރުވާކަމެކެވެ. ނިކަންވިސްނައިވަޑައިގެން ބައްލަވާށެވެ. އިސްލާމްދީން ސާފުތާހިރު ކަމަށް ބާރުއަޅައިފައިމިވަނީ ކިހައި ވަރަކަށްތޯއެވެ. ދީނީ އަޅުކަމުގެވެސް އެތައްކަމެއް މިވަނީ ސާފުތާހިރުކަމާގުޅުވައިފައެވެ. ސާފުތާހިރުވެގެން މެނުވީ އަދާނުކުރެވޭގޮތަށް ހަމަޖައްސައިފައެވެ.(މައްޔިތަކު ހިމެނެވިކަމުގައިވިޔަސް އެކަންނިމިގެން ފެންވެރުމަކީ ސުންނަތެކެވެ.)

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ސާފުތާހިރުކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެމާތް ސާހިބާ އެންމެ ލޯބިކުރެއްވި ތަކެތީގެ ތެރޭގައި ހުވަނދު(އަތަރު) ހިމެނެއެވެ. އެތަންމިތަނަށް ކުޅުޖެހުމާއި، (އަރިދަފުސްފޮޅުމަކީވެސް) އެމާތްސާހިބާ ރުހިވަޑައި ނުގަންނަވާ ކަންކަމެވެ. މީހަކު ރަނގަޅު ނޫން ތަނަކަން ކުޅުޖެހިތަންފެނިވަޑައިގެންފިނަމަ އެތަނެއް އަމިއްލަފުޅަށްވެސް ސާފުކޮށްލައްވައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ގެކޮޅު ސާފުބިއްލޫރިގަނޑެއް ފަދައިން ސާފުކުރައްވައެވެ. އިތުރުސާހިބާ ތުރުކުރައްވައި އުޅުއްވީ ވަރަށް ސާދާ ހެދުންކޮޅެވެ. (ނަމަވެސް އެހެދުންކޮޅުތަކަކީ މިޒަމާނުގެ ބައެއް މުސްލިމުން ބޭނުންކުރާފަދަ ފާޑުވެރިކަމެއްނެތް ހެދުންކޮޅެއްނޫނެވެ. ތަހްޒީބީ އިންސާނުން ފޫހިކަމުގެ ނަޒަރުން ބަލާފަދަ ހެދުންކޮޅުތަކެއްނޫނެވެ.) ސާފުތާހިރު ހެދުންކޮޅެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވިގޮތުގައި ސާފުތާހިރު ކަމަކީ އީމާންކަމުގެ ބައެކެވެ.

ސާފުތާހިރުކަމާނުލައެއް އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަރަހުށިމާތް ﷲއަކީ ފުރިހަމަ ވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ލޯބިވެވޮޑިގެންވަނީ ރީތިކަމާއި، ސާފުކަމާއި، ފުރިހަމަ ކަމަށެވެ.

infinity loading...
×
DB released 01.