އިޝްގްބާޒްގެ އެކްޓަރު އޯމްކަރާ ވެސް އެންގޭޖްވެއްޖެ

ކުނާލް ޖޭ ސިންގް އާއި އޭނާގެ ލޯބިވެރިޔާ---

ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ ޑްރާމާ ސީރީޒް "އިޝްގްބާޒް" ބަތަލު ކުނާލް ޖޭ ސިންގް (އޯމްކަރާ) ވެސް އެންޖޭޖް ވެއްޖެ އެވެ.

އޭނާގެ ލޯބިވެރިޔާ ބަރާތީ ކުމާރާ އާ އޭނާ އެންގޭޖް ވެފައި ވަނީ އިއްޔެ އާއިލާ އާއި ރަހުމަތްތެރިންނަށް ބޭއްވި ކުޑަ ކުޑަ ހަފްލާ އެއްގަ އެވެ.

ކުނާލް އާއި އޭނާގެ ލޯބިވެރިޔާ ބަރާތީ އާ އެންޖޭޖްވެފައި---

ސޯޝަލް މީޑިއާގައި އެ ދެ މީހުން އެންގޭޖްވި ކަމުގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އެ ދެ މީހުންގެ ކައިވެނީގެ މަޝްވަރާ މިހާރު ކުރަމުން އަންނަ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ދެ މީހުން ކައިވެނި ކުރާނެ އެވެ.

ދާދި ފަހުން ސްޓާ ޕްލަސް އިން ކުރިން ދެއްކި މަގްބޫލު ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ބަތަލާ ލަވްލީން ކޯ ސަސަން (ޕަރީދީ) ވެސް ވަނީ އެންގޭޖް ވެފަ އެވެ.

comment ކޮމެންޓް