އެސްޓީއޯ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފެށުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އިލެކްޓްރޯނިކްސް އާއި ރީޖަނަލް ފީހާރަތަކުގައި ރަމަޟާންމަހަށް ހާއްސަކޮއްގެން އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފިއެވެ.

މިއަދުންފެށިގެން 31 މޭގެ ނިއަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އެސްޓީއޯގެ މާކެޓިން މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ، އެ ޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސްއިން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލްސް ފިހާރަތަކުން ކުރާ ކޮންމެ 1000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

މުޅި ޕްރޮމޯޝަން ތެރޭގައި 500،000 ރުފިޔާ އާ ހަމައަށް އަގުހުރި އިނާމް ލިބިގެން ދާނެކަމަށާއި ހަފްތާއަކު އެއް ނަސީބުވެރިއެއް ހޮވައި އަގުހުރި އިނާމް ހަވާލުކޮށްދޭނެކަމަށްވެސް ޝުރުފާ ވިދާޅުވިއެވެ.

"ނަސީބުވެރިޔާ ހޮވާނީ ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއެއް މީގެ އިތުރުން ވަގުތުން ހިލޭ ލިބޭ އިނާމްތަކުގެ ގޮތުގައި ހިޓާޗީ ބައެއް އައިސް އަލަމާރިއަށް ވެކިއުމް ކްލީނަރެއް ލިބިވަޑައިގަންނަވާނެ. އަދި ބައެއް ޓެކްނޯ ހުޑަށް ސެންފަރޑް އިސްތިރި އަކާއި ފިލިޕްސް އިސްތިރި ކުރާ މޭޒު ގެ އިތުރުން ވެސް ވަރަށް އަގުހުރި އިނާމްތަށް ވަގުތުން ލިބި ވަޑައިގަންނަވާނެ" ޝުރުފާ ވިދާޅުވިއެވެ.

އަގުހުރި އިނާމް ތަކެއް ލިބުމުގެ އިތުރުން އެ ޕްރޮމޯޝަންތެރޭގައި ހަތް ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓުވެސް ލިބޭނެކަމަށް ޝުރުފާ ވިދާޅުވިއެވެ.

ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި މާލޭގެ އެކި ސަރަހައްދު ތަކުގައި ޕްރޮޑަކްޓް ޑެމޮންސްޓްރޭޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް