އެމެރިކާއަށް ވެސް ފޭސްބުކް ލައިޓް ތައާރަފްކޮށްފި

ފޭސްބުކްގެ ލައިޓް ވާޝަން "ފޭސްބުކް ލައިޓް" އަކީ އިންޓަނެޓް ކަނެކްޝަން ސްލޯ ގައުމުތަކަށް އަމާޒުކޮށްގެން ނެރެފައިވާ އެޕްލިކޭޝަން އެކެވެ. ލިމިޓެޑް ފީޗާރ ތަކަކާއެކު ނެރެފައިވާ މި އެޕްލިކޭޝަން ފުރަތަމަ ތައާރަފްކޮށްފައިވަނީ ވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށާއި ތަރައްގީވެފައިވާ ގައުމުތަކަށެވެ.

ފޭސްބުކުން ވަނީ މި ވާޝަން އެމެރިކާ އަށާއި ތަރައްގީވެފައިވާ އިތުރު ބައެއް ގައުމުތަކަށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ކެނެޑާ، ފްރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ.

ސަތޭކައަށްވުރެ ގިނަ ގައުމުތަކަށް ފޭސްބުކް ލައިޓް ބޭނުން ކުރެވޭއިރު، ފޭސްބުކުން ބުނީ ލައިޓް ވާޝަން އިތުރު ގައުމުތަކަށް ތައާރަފްކުރީ ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އިތުރު ކުރުމަށް ކަމަށެވެ.

ސޯޝަލް މީޑިއާގެ ވިއުގަތަކުގެ ތެރެއިން ފޭސްބުކް ފާހަގަ ކުރެވެނީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަންގެ ގޮތުގައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭހައި ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު މަދިވަމުންދާކަމަށް އެކުންފުނިން ވެސް ވަނީ ބުނެފައެވެ.

ފޭސްބުކް ލައިޓް ބޭނުންކޮށްގެން ފޮޓޯއަށް ލައިކް ކޮށް ޝެއާ ކުރެވޭނެއެވެ. ފޭސްބުކް ލައިވް ފަދަ ފީޗާސްތައް ނުހިމެނުނު ނަމަވެސް ވީޑިއޯ އަޕްލޯޑުކޮށްވެސް ހެދޭނެއެވެ.

comment ކޮމެންޓް