ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އަށް ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް -- ފޮޓޯ: މީސްމީޑިއާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ އަށް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ރޭ ގެ ވަގުތެއްގައެވެ. އެ އަށް މީހުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހުގެ ތަފާތު އެކި ދުވަސް މަތިންނެވެ.

ކްރިމިނަލް ކޯޓުން ރޭ ވަނީ އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް 15 ދުވަސް އަދި ދެން ތިބި ފުލުހުންގެ ބަންދަށް 14 ދުވަސް އިތުރުކޮށްފައެވެ.

ހައްޔަރުކުރި ފުލުހުންގެ ތެރޭގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހުން ހިމެނެއެވެ. އަދި އެސްއޯގެ ދަށުން އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ވެސް ހިމެނެއެވެ.

އެ ހުރިހާ ފުލުހުން ވެސް މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

comment ކޮމެންޓް