ދޫނިދޫ ގޮޅިއެއްގެ ޓިނު ނަގައިގެން ފިލި މީހަކު ހަތް މަހާއި ހަ ދުވަހަށް ޖަލަށް

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

ދޫނިދޫ ގޮޅިއެއްގެ ޓިނު ނަގައިގެން ފިލި މީހަކު ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގއ. ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއީލްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޖިނާއީ ބަންދުން ފިލި ކަމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ޖިނާހުގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ދޫނިދޫ ގޮޅިއެއްގައި ބަންދުކޮށްފައި ހުއްޓައި 2016 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 7:15 އެހައިކަންހާއިރު އެ ގޮޅީގެ މަތީގައި ޖަހާފައި ހުރި ޓިނު ގަނޑެއް ފޭކުރުމަށްފަހު ފިލާފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ ހަ ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫނިދޫ ގޮޅިން ފިލިކަމަށް ޖިނާހު އިއުތިރާފުވެފައިވާ ކަމަށެވެ.

comment ކޮމެންޓް